ޔޫ.އޭ.އީ ގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓް އަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާ އަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެބޮޑު 3 ކުންފުނީގެ ތެރެއިން 1 ކުންފުނި އަދި މިސްރުގެ ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެބޮޑު ކުންފުންޏެވެ. އަލް އައިން އުފައްދާފައިވަނީ އެއްވެސްވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުންނެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި މި ޓޮމާޓޯ ޕޭސްޓްގެ 3 ސައިޒެއް ވަނީ ބާޒާރަށްނެރެ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި، 40ގްރާމްގެ، އަދި 800ގްރާމްގެ ދަޅު ހިމެނޭ. އަދި އަލް އައިންގެ ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެއް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
އަލް އައިން ޓޮމާޓޯ ޕޭސްޓް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛ 800 ގްރާމްް ދަޅެއް 24ރ އެވެ. ކޭހެއް (12 ދަޅު) 240ރ އަށެވެ. 400 ގްރާމްގެ ދަޅެއް14ރ އެވެ. ކޭހެއް (12 ދަޅު) 140ރ އެވެ. 50 ގްރާމްގެޕެކެޕްޓެއް 2.00ރ އެވެ. ފޮއްޓެއް (24 ޕެކެޓް) 37.50ރ އެވެ. އަދި 4 ފޮށީގެ ކޭހެއް 150ރއަށެވެ.
މީގެއިތުރުން 10 ކޭހަށްވުރެން މަތިން ނަންގަވާ ފަރާތްތަކަށް ކޭހަކުން 10ރ އަގުހެޔޮވެގެން ދާނެކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.