ރ. ފައިނުގައި އެއާޕޯޓެއް ތަރައްޤީ ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ހަވާލު ކޮށްފިއެވެ.
ފައިނުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައިއައިއޭއެސް އާއި ހަވާލު ކޮށްފައިވާއިރު، ރ. އަތޮޅު އިފުރު އެއާޕޯޓު ވެސް ހިންގަނީ އެކުންފުނިންނެވެ.
ފައިނުގެ ތަރައްޤީއަށް ބަލާއިރު، އެއާޕޯޓާއެކު އެރަށުގައި ދެ ސިޓީ ހޮޓަލާއި އަޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބިލިޓޭޝަން ސެންޓަރެއް ވެސް ގާއިމްކުރުމަށް ނިންމާފައިވެއެވެ.