އެމްޑީޕީގެ ޕްރައިމަރީ ބަލައެއް ނުގަންނަން- އީސީ

ކިޔުމަށް ހޭދަވާނީ 57ސ
އެމްޑީޕީގެ ޕްރައިމަރީ ބަލައެއް ނުގަންނަން- އީސީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިހާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައި ނުގަންނަ ކަމަށާއި އެޕާޓީއާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިއްޔެ އެމްޑީޕީ އިން ހިންގާފައިވަނީ ރާއްޖޭގެ ޤާނޫނުތަކައި ޤަވާއިދުތަކާ ޚިލާފު އަމަލެއް ކަމަށާއި އެޕާޓީއާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްޑީޕީ އާއިމެދު އަޅާނެ ފިޔަވަޅެއް އާދީއްތަ ދުވަހު ބާއްވާ އީސީގެ ބައްދަލުވުމުގައި ނިންމާނެ ކަމަށް ވެސް އަކުރަމް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ގެ ރިޔާސީ ޕްރައިމެރީ ގައި ހަމައެކަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކޮށްފައިވާއިރު، ރައީސް ނަޝީދު އަކީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވުމުން އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕްރައިމަރީ ބޭއްވުމުގެ ކުރިން އެމްޑީޕީ އަށް އަންގާފައެވެ.

އަދި އެކޮމިޝަނުން އިއްޔެ ވަނީ ސިވިލް ކޯޓުގެ އަމުރެއް ހޯދައި ފުލުހުން މެދުވެރިކޮށް އެޕްރައިމަރީ ހުއްޓުވަން ވެސް މަސައްކަތް ކޮށްފައެވެ.

މިއަދު އޮންލައިން