ފުވައްމުލަކު ސްކޫލެއްގެ ދޮރުގެ ބިއްލޫރިގަނޑު ތެޅި، ދަރިވަރަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
ފުވައްމުލަކު ސްކޫލެއްގެ ދޮރުގެ ބިއްލޫރިގަނޑު ތެޅި، ދަރިވަރަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ
ފުވައްމުލަކު ސިޓީ ހާފިޒު އަހުމަދު ސްކޫލްގެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، އެސްކޫލް ދޮރެއްގެ ބިއްލޫރުގަނޑު ތަޅައިގެން ގޮސްގެން ދަރިވަރެއްގެ އަތުގެ ނާރުތައް ބުރިވެ ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިހާދިސާގައި ޒަހަމްވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވަ ދީފައިވަނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އެހޮސްޕިޓަލުގައި ނާރުގެ ޑޮކްޓަރެއް ނެތުމުންނާއި އެކުއްޖާއަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ކަމަށްވުމުން، އިތުރު ފަރުވާއަށް އިއްޔެވަނީ މާލެ ފޮނުވާފައެވެ.
މިއަދު އޮންލައިން