މިނިވަން އިންތިޚާބަކަށް ހުރަސް ނާޅަން އެމެރިކާ އާ ގިނަ ޤައުމުތަކަކުން ރާއްޖެއަށް އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިނިވަން އިންތިޚާބަކަށް ހުރަސް ނާޅަން އެމެރިކާ އާ ގިނަ ޤައުމުތަކަކުން ރާއްޖެއަށް އިލްތިމާސްކޮށްފި
ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި ދެފުށް ފެންނަ ގޮތަށް ބާއްވާ އިންތިޚާބަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް ނުއަޅަން އެމެރިކާ އާއި ގިނަ ޤައުމުތަކަކުން އަނެއްކާވެސް ރާއްޖެއަށް އިލްތިމާސްކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަލާފައިވާ ސަފީރު އަތުލް ކޭޝާޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ގޮތަށް އިލްތިމާސްކުރަނީ ެމެރިކާގެ އިތުރުން ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަރލޭންޑްސް، ޔޫކޭ، ރޫމޭނިއާ އަދި ކެނެޑާގެ ސަފީރުން ގުޅިގެން ކަމަށެވެ.

އެ ޓްވީޓްގައި ވަނީ މިނިވަންއިންތިޚާބެއްގައި އިދިކޮޅު ފަރާތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް އިދިކޮޅުފަރާތްތަކުގެ އަޑު ފެތުރުމަށާއި އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށްވެސް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދަންޖެހޭ ކަންކަމުގައި ޑިމޮކްރަސީގެ އުޞޫލުތަކާއި އެއްގޮތަށް ރަނގަޅު ނިޔަތުގައި ކަންކަން ކުރާކަން ޢަމަލުން ދެއްކުމަށްވެސް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މިއަދު އޮންލައިން