ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަށް ހއ. އިހަވަންދޫގެ ފަސް ކައުންސިލަރުން ހުރަސް އެޅިކަމަށް ބުނެ، ތިން މަސް ދުވަހަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންދު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެފަސް ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ މުސާރަވެސް ނުލިބޭ ގޮތަށެވެ.
މިއީ މިފަދަ ގޮތަކަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކުރި ދެވަނަ ފަހަރެވެ.