ކަމަދޫ ކައުންސިލަށް ރައީސަކު އައްޔަނު ނުކުރުމުގެ ސަބަބުން ކައުންސިލްގެ ނައިބު ސަސްޕެންޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކަމަދޫ ކައުންސިލަށް ރައީސަކު އައްޔަނު ނުކުރުމުގެ ސަބަބުން ކައުންސިލްގެ ނައިބު ސަސްޕެންޑު ކޮށްފި
ބ. ކަމަދޫ ކައުންސިލުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަނު ނުކުރައްވާ ކަމަށް ބުނެ އެކައުންސިލްގެ ނައިބު ރައީސް އަޙުމަދު ސާޖިދު ސަސްޕެންޑު ކޮށްފިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވެފައިވަނީ އެކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން، ތިން މަސް ދުވަހަށް އަހުމަދު ސާޖިދު ސަސްޕެންޑު ކުރީ މުސާރައާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށެވެ.

އެލްޖީއޭ އިން ކަމަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެކައުންސިލްގެ މަގާމު ހުސްވިތާ 14 ދުވަސް ތެރޭގައި އެމަގާމަށް މެމްބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި އެކަން ދެ ފަހަރެއްގެ މަތިން ކައުންސިލްގެ ނައިބު ރައީސް އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއާ އެއްގޮތަށް އޭނާ އަމަލު ކުރައްވާފައި ނުވާ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

"އެހެންވެ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފު އަމަލުތަކާއި އެސްލާހި ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން، މުސާރައާއު އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސާޖިދު ސަސްޕެންޑު ކޮށްފީމެވެ" އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން