އަޙުމަދިއްޔާ ސްކޫލުން ވަގަށް ނެގި ފައިސާތަކުން ބައެއް ހޯދާ މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
އަޙުމަދިއްޔާ ސްކޫލުން ވަގަށް ނެގި ފައިސާތަކުން ބައެއް ހޯދާ މީހަކު ހައްޔަރު ކޮށްފި
އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އޮފީސް ފަޅާލައި އެތަނުން ވަގަށް ނެގި ގިނައަދަދެއްގެ ފައިސާތަކުން ބައެއް ހޯދާ، އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޗަލަކު ވިދާޅުވީ ވަގަށް ނެގި ފައިސާތަކުން ބައެއް ހޯދާ މިދިޔަ އަންގާރަ ދުވަހު މާލެއިން ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެސްކޫލުގެ އޮފީސް ފަޅާލައި އެތަނުން 14000 ޑޮލަރު ވަގަށް ނަގާފައިވާއިރު، އެފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 9000 ޑޮލަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފައިސާ ވަގަށް ނަގާފައިވަނީ، ޓީޗަރުން ބޭނުން ކުރުމަށް ބަހައްޓާފައި ހުރި ލޮކަކުތައް ފަޅާލައިގެންނެވެ.

މިމައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިއަދު އޮންލައިން