މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ހއ. އިންނަފިނޮޅުގެ ފަރަށް ބިދޭސީ ބޯޓެްއ އެރުމުން، އެބޯޓުން އުކާލިކަމަށް ބެލެވޭ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެއަތޮޅުގެ އިހަވަންދޫ ގޮނޑުދޮށަށް ވެސް ލައްގައިފިއެވެ.
އިހަވަންދޫގެ ގޮނޑުދޮށުން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް މިރޭ ލައްގާފައިވާއިރު، ހއ. މުޅަދޫ އާއި ހަމަ އެއަތޮޅު އުލިގަމު ގޮނޑުދޮށުން ވެސް ވަނީ އެބާވަތުގެ އެއްޗެހިތަކެއް ފެނިފައެވެ.
ބިދޭސީންގެ އަށް މީހުން ދަތުރު ކުރަމުން ދިޔަ އެބޯޓު، ބުރާސްފަތި ދުވަހު އިންނަފިނޮޅު ފަރަށް އެރުމުން، ކޯސްޓްގާޑުން އެބޯޓާއި ކައިރިކުރަން ފެށުމުން ބޯޓުގައި ރޯކޮށްލުމަށްފަހު އޭގައި ތިބި އެންމެންވަނީ މޫދަށް ފުންމާލައިފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.