އުރީދޫ މަސްރޭހުގެ ފައިނަލްގެ 2 ޖާގަ ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯ އިން ކަށަވަރު ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އުރީދޫ މަސްރޭހުގެ ފައިނަލްގެ 2 ޖާގަ ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯ އިން ކަށަވަރު ކޮށްފި
‎ރާއްޖޭގައި ބޭއްވޭ އެންމެބޮޑު މަސްރޭސްކަމުގައިވާ އޫރިދޫމަސްރޭހުގެ ފުރަތަމަ ސެމީފައިނަލް ބުރުނިމި، ޓީމްސްޓެލްކޯ އަދި ޓީމް މަލަހިނިރިސޯޓް ވަނީ ފައިނަލްގެ ހަޖާގަތެރެއިން ދެޖާގަ ކަށަވަރުކޮއްފައެވެ.

‎ރޭ ބްރިޖްވިއުއިންގ ޕްލެޓްފޯމްގައި ވަރަށް ފޯރިގަދަކަމާއެކު ކުރިއައްދިޔަ މިއިވެންޓުގައި ވަނީ ހަތަރުޓީމެއް ވާދަކޮއްފައެވެ. އޭގެތެރޭގައި ޓީމްމަލަހިނި، ޓީމް ގްރޭޓާރމާލެ، ޓީމް ޓުއަރިޒަމް ކްލަބް އަދި ޓީމް ސްޓެލްކޯ ވަނީ ވާދަކޮއްފައެވެ.

މިމުބާރާތުގެ ސެމީފައިނަލް ދެވަނަ އިވެންޓް ވަނީ ޖޫން 4 ވާ ހޯމަދުވަހަށް ތާވަލް ކޮއްފައެވެ. މި އިވެންޓް ވެސް ވަރަށް ފޯރިގަދަކަމާއެކު ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ބޭވުމައް ވަނީ ހަމަޖެހިފައެވެ. މިއިވެންޓްގައި ފައިނަލްގެ ތިންވަނަޓީމް އަދި ހަތަރުވަނަޓީމް ކަށަވަރުވެގެންދާނެއެވެ. 
‎ސެމީފައިނަލް ދެވަނަ އިވެންޓުގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް, ޓީމް ތާޖްއެކްސޯޓިކާ، ޓީމްއެމްޕީއެލް އަދި ޓީމްނަލަހިޔާއެވެ.
މިއަދު އޮންލައިން