މެދުތެރެއާއި އުތުރުގެ ރަށްތަކަށް ދަތުރު ކުރާއިރު ސަލާމުވުމަށް އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 25ސ
މެދުތެރެއާއި އުތުރުގެ ރަށްތަކަށް ދަތުރު ކުރާއިރު ސަލާމުވުމަށް އިލްތިމާސް ކޮށްފި

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، އެސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސް ކޮށްފިއެވެ.

މޫސުމާއިބެހޭ އިދާރާއިން ބުނެފައިވަނީ، މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން