"ހިޔާ" ފްލެޓުތަކަށް އެދޭ ފޯމް ބަލައިގަންނަން ފަށައިފި

ކިޔުމަށް ހޭދަވާނީ 52ސ
"ހިޔާ" ފްލެޓުތަކަށް އެދޭ ފޯމް ބަލައިގަންނަން ފަށައިފި

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ "ހިޔާ" ގެ ފްލެޓުތަކަށް އެދޭ ފޯމު މިއަދު ހެނދުނުން ފެށިގެން ބަލައިގަންނަން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ފޯމު ބަލައިގަތުން ކުރިއަށް ދާނީ މިއަދުން ފެށިގެން މިހިނގާ ރަމަޟާން މަސް ނިމެންދެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން މެންދުރުފަހު 13:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

ރަމަޟާން މަހަށް ފަހު ފޯމު ހުށަހެޅޭނެ ގަނޑިތައް އަދި ހާމަ ކޮށްފައި ނެތް ނަމަވެސް، ޖުލައި މަހުގެ 31 ގެ ނިޔަލަށް ފްލެޓަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މާލޭގައި ދަރުބާރުގެއިން ފޯމުތައް ބަލައިގަންނައިރު ރޭއްޖެއިން ބެރުގެ މިޝަންތަކުން ވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
ފޯމު ބަލައިގަތުމަށް ނަންބަރު ނެގުމަށް "ކިއުބީ" އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަަމަށާއި ދަރުބާރު ގެއިން ވެސް ނަންބަރު ނެގޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
އެމިނިސްޓްރީންހާމަކުރާގޮތުގައިފޯމުބަލައިގަތުމަށްނަމްބަރުނެގުމަށް "ކިއުބީ" އެޕްބޭނުންކުރެވޭނެއެވެ. އަދިދަރުބާރުގެއިންވެސްނަމްބަރުނެގޭނެއިންތިޒާމުހަމަޖައްސާފައިވެއެވެ.
މިއަދު އޮންލައިން