އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރި ހުކުމުން އެއް ދަރަޖަ ލުއި ކޮށްދީފި

ކިޔުމަށް ހޭދަވާނީ 41ސ
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރި ހުކުމުން އެއް ދަރަޖަ ލުއި ކޮށްދީފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާގައި، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުމުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ. ނަމަވެސް އެމަނިކުފާނަށް ކުރި ހުކުމު އެއް ދަރަޖަ ލުއި ކުރުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ހުކުމް ކޮށްފައެވެ.

ނަމަވެސް ހައިކޯޓުން މިއަދު އެހުކުމުން އެއް ދަރަޖަ ލުއި ކުރުމުން، މިހާރު އުއްތަމަ ފަނޑިޔާރުގެ އަދަބަކަށް ވާނީ އެއްއަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މިއަދު އޮންލައިން