މިއަދުގެ ރެސިޕީ: ޗޮކްލެޓް ޓްރަފްލް
ބޭނުންވާނެ ތަކެތި:
• ޑާކް ޗޮކްލެޓް
• ހެވީ ކްރީމް
• 2 ސައިސަމުސާ ބަޓަރ (އަންސޯލްޓެޑް)
• ކޮކޯއާ ޕައުޑަރ (ބޭނުންނަމަ މައިލޯވެސް އެޅިދާނެ)
ތައްޔާރު ކުރާނެ ގޮތް:
• އެންމެ ފުރަތަމަ ޑާކް ޗޮކްލެޓަށް ހެވީ ކްރީމް އެޅުމަށްފަހު، ޗޮކްލެޓްކޮޅު އެއްކޮށް ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ.
• އެއަށްފަހު އޭތެ ތެރެއަށް ބަޓަރ އެޅުމަށްފަހު، ބަޓަރ ކޮޅު ވިރެންދެން އަނެއްކާވެސް ކައްކާލާށެވެ.
• ދެން ތަތްނުލަވާ ޓްރޭއަކަށް ކެއްކި ޗޮކްލެޓުކޮޅު އެޅުމަށްފަހު އެއްގަޑިއިރު ވަންދެން ފްރިޖަށްލާފައި ބަހައްޓާށެވެ.
• އެއްގަޑިއިރު ފަހުން ފްރިޖުން ޗޮކްލެޓުކޮޅު ނެގުމަށްފަހު، އޭގެ މައްޗަށް ކުޑަ ކޮކޯ ޕައުޑަރ ކޮޅެއް ނުވަތަ މައިލޯ ކޮޅެއް އެޅުމުން، ޗޮކްލެޓް ޓްރަފްލް ތައްޔާރު ކުރެވުނީއެވެ.