ކޯޓުން އަމުރު ކުރުމުންވެސް އަދީބަށް ވަކީލު ބައްދަލުވުން ނުދިންކަމަށް ވަކީލު ވިދާޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޯޓުން އަމުރު ކުރުމުންވެސް އަދީބަށް ވަކީލު ބައްދަލުވުން ނުދިންކަމަށް ވަކީލު ވިދާޅުވެއްޖެ
ޖަލަށްލާފައިވާ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލު ބައްދަލުވުން ހަމަޖައްސައި ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އެބައްދަލުވުންތައް ހަމަޖައްސައި ނުދިން ކަމަށް އަދީބުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ވަކީލު ސިރާޖު ވިދާޅުވީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާތަކުގެ އަޑުއެހުންތައް ކޯޓުން ފަސްކޮށްފައިވަނީ އަދީބަށް ވަކީލު ބައްދަލުވުންތައް ނުލިބޭތީ ޤާޟީއަށް އެޝަކުވާތަށް ހުށަހެޅުމުން ކަމަށާއި އެމައްސަލައިގައި އަދީބުގެ މައްޗަށް ދިހަ ދައުވާއެއް ކުރާއިރު، މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަޑު އެހުންތައް ފަސް ކުރުމަށް މައްސަލަ ބައްލަވާ ޤާޟީ އާދަމް އާރިފް ނިންމެވީ އަދީބަށް ވަކީލު ބައްދަލުވުންތައް ލިބޭކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

"މިހާރު ބުނަނީ މައްސަލަ ކޯޓުގައި ޝެޑިއުލް ކުރިކަމުގެ ލިޔުން ހުށަހެޅީމައޭ ވަކީލު ބައްދަލުވުން ހަމަޖައްސައިދެވޭނީ. އެކަމަކު އިޖުރާއަތުގެ ޤާނޫނުގައި ބުނާގޮތުން ފަނޑިޔާރަށް ޝަކުވާ ހުށަހެޅުމުން ފަނޑިޔާރު ޖެހިވަޑައިގަންނަވާ ޙައްޤުތައް ލިބޭތޯ ކަށަވަރުކޮށްދޭން. ޝަރީއަތުގެ އަޑުއެހުންވެސް ތާވަލު ކުރެވެނީ އެކަން ކަށަވަރު ކުރުމަށްފަހު" އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވިއެވެ.
މިއަދު އޮންލައިން