މިދިޔަ ބުރާސްފަތި\ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހއ. އިންނަފިނޮޅަށް ފަރަށް އެރި އީރާން ގެ ބޯޓުން ގެނައި މަސްތުވާތަކެއްޗަކީ ދިވެހި ރާއްޖެއަށް ގެނައި އެއްޗެއް ކަމަށް ނުލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ، އެބޯޓުގައި ހުރި މަސްތުވާތަކެއްޗަކީ ރާއްޖެއަށް ގެނައި މަސްތުވާތަކެެއްޗެއް ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، އެހެން ނަމަވެސް އެއީ ކޮންތަނަކަށް ގެންދާ އެއްޗެއްކަން އަދި ބުނެދޭން ދަތިކަމަށެވެ.
ފުލުހުންނާއި ސިފައިން މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަރަށް އެރި ބޯޓުން 100 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ލައްގާފައިވާ ކަމަށެވެ.