ރޯދަ އާއި ގުޅުވައިގެން ކައިބޮއި ހެދުމުގައި ޞިއްޙަތަށް ގެއްލުންދިނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރޯދަ އާއި ގުޅުވައިގެން ކައިބޮއި ހެދުމުގައި ޞިއްޙަތަށް ގެއްލުންދިނުމެއް ނެތް!
ދުންފަތާއި ޞިއްޙަތަށް ގެއްލުންހުރި ކެއުންތަކާއި ހަކުރު ހިމެނޭ ބާވަތްތައް ބޭނުންކުރުން ހުއްޓާލައިފިނަމަ ގައިންގައަށް ނާރާ ބަލިތައް ހުއްޓުވިދާނެ ކަމަށް ޑަބްލިޔޫއެޗްއޯ ޝިޢާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ ވަރަށް ފުރިހަމަ ދިރާސާތަކަކަށްފަހުގައެވެ.

ޑަބްލިޔޫއެޗްއޯ އިން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ ގައިން ގައަށް ނާރާ ބަލިތައް އިތުރުވަމުން ދިއުމެވެ. މިހައިތަނަށް ހޯދި ހުރިހާ ހޯދުންތަކުންވެސް އެނގިފައިވަނީ ގައިންގައަށް ނާރާ ބަލިތައް އިތުރުވަމުން އަންނަނީ ދިރިއުޅުމާއި ކެއުން ބުއިމުގެ ވައްޓަފާޅިއަށް އިންސާނުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމެވެ.

ރަމަޟާން މަސް އައުމުން ރޯދަ ހިފަމުންދާއިރު ކެއުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުދެއެވެ. ބައެއް މީހުންނަށް ކެވޭ ތަކެތީގެ އަދަދު ތަންކޮޅެއް މަދުވި ނަމަވެސް ހަށިގަނޑަށް ގެއްލުން ލިބޭ ތަކެތި ކެއުން އިތުރުވެގެންދެއެވެ. ފޮނިކާތަކެއްޗާއި ތެޔޮ ބޭނުންކޮށްގެން އުފައްދާފައި ހުންނަ ކާތަކެތި ކެއުންވެސް އިތުރުވެގެންދެއެވެ. ސަރުބީ ހުންނަ ކާބޯތަކެތި ބޭނުންކުރުން އިތުރުވެގެންދެއެވެ.

ޞިއްޙަތަށް ފަރުވާ ބަހައްޓައި ބަލިތަކުން ސަލާމަތްވެ ހުންނަން ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އެކަމަށް މާތް ﷲ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެހެންކަމުން ރޯދަ ހިފާތީ ކަމަށްބުނެ ޞިއްޙަތަށް ގެއްލުން ހުރި ތަކެތި ކެއުމެއް ނެތެވެ. ޞިއްޙަތަށް ގެއްލުން ލިބޭ ވަރަށް ގިނައިން ކައި ބޮއި ހެދުމެއްވެސް ނެތެވެ.

ވީމާ ރަމަޟާން މަހުގެ ބަރަކާތް ފުރިހަމައަށް ޙާޞިލުކުރުމަށްޓަކައިވެސް ކެއުން ބުއިމުގެ ކަންކަން ރަނގަޅު ގޮތުގައި ހިފަހައްޓަންޖެހެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާ މިންގަނޑުތަކަށް ކައި ބޮއެ ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަށް ސަމާލުކަން ދޭން ޖެހެއެވެ.


މިއަދު އޮންލައިން