ދާންދޫގައި ދެ ކުޑަކުދިންގެ ދެމެދު މާރާމާރީއެއް ހިނގާ، އެއްކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ކިޔުމަށް ހޭދަވާނީ 33ސ
ދާންދޫގައި ދެ ކުޑަކުދިންގެ ދެމެދު މާރާމާރީއެއް ހިނގާ، އެއްކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފި


ގއ. ދާންދޫގައި ރޭ ކުޑަކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ކުޑަ ކުއްޖަކު ޒަޚަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ޒަހަމް ކޮށްލާފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދާންދޫގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންގެ ދެމެދުގައި ހިނގި ހަމަ ނުޖެހުމެއްގައި އެއްކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.

މިމައްސަލަ ހުށްހެޅުނީ ރޭ 19:50 ގައި ކަމަށާއި ޒަޚަމްވި ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ.
މިއަދު އޮންލައިން