އަތުގެ ނާރުތައް ބުރިވި ފުވައްމުލަކު ދަރިވަރު، އޮޕަރޭޝަނަށްފަހު ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 30ސ
އަތުގެ ނާރުތައް ބުރިވި ފުވައްމުލަކު ދަރިވަރު، އޮޕަރޭޝަނަށްފަހު ދޫކޮށްލައިފި
ޏ. ފުވައްމުލަކު ސިޓީ ހާފިޒު އަހުމަދު އެސްކޫލްގެ ބިއްލޫރިގަޑެއް ތަޅައިގެން ގޮސް އަތުގެ ނާރުތައް ބުރިވި ދަރިވަރުގެ އަތުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އިއްޔެ އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އުމުރުން 13 އަހަރުގެ އެފިރިހެން ކުއްޖާގެ ވާތުގެ ނުވަ ނާރެއް ބުރިވެފައިވާ ކަމަށާއި ކަނާތުގެ ނާރެއްވެސް ބުރިވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ އެކުއްޖާގެ އޮޕަރޭޝަނެއްކޮށް އެނާރުތައް ގުޅުވާފައެވެ. ނަމަވެސް އެދަރިވަރުގެ އަތުގެ އިނގިލިތައް ހަރަކާތްކުރެވޭނެކަން އެނގޭނީ ހަތް މަސް ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

އެދަރިވަރުގެ ހާލު މިހާރު ރަނގަޅުކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން