މާލޭގައި އާންމުކޮށް މޫދަށް އެރޭ ޓްރެކް ސަރަޙައްދަށް ޖަމާވެފައިވާ ފަސްތައް ނަގައި އެސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާ، ބައެއް މަރާމާތުތައް ކުރުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ.
ޓްރެކް ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރާތީ އެސަރަޙައްދަށް މޫދަށް އެރިނޫޅުމަށް ސްވިމިންގ އެސޯސިއޭޝަނުން އަންގާފައިވަނީ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.
ހައުސިންގ މިނިސްޓްރީން ޓްރެކް ސަރަޙައްދު މިހާރު 2.5 މީޓަރާއި 3.5 މީޓަރާއި ދެމެދުގެ ފުންމިނަކަށް ފުންކޮށްފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެއިތުރުން އެއެސޯސިއޭޝަނުން ބުނެފައިވަނީ ސްވިމިންގ ޓްރެކް ސަރަޙައްދުގައި ގާއިމްކޮށްފައިވާ ދެ ޕްލެޓްފޯމްގެ ބައެއް މަރާމާތުތައް ކުރުމުގައި އެމްއެންޑީއެފް ގެ ވަރަށް ބޮޑު އެހީތެރިކަމެއް ވެސް ލިބިފައިވާ ކަމަށެވެ.