ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ހިފަހައްޓާފައިވާތީ ކަންބޮޑުވުން އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ހިފަހައްޓާފައިވާތީ ކަންބޮޑުވުން އިތުރުވަނީ
އައްޝައިޚް ޢަލީ ޒައިދު އަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެމިނިސްޓްރީން ހިފަހައްޓާފައިވާތީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކަންބޮޑުވުން ފައުޅުކުރައްވައިފި އެވެ.

ޑރ. އިޔާޟް ވިދާޅުވީ ރަމަޟާން މަހާއި ގުޅިގެން ދަރުސް ދެއްވާނެ ދީނީ ޢިލްމުވެރިން ނުލިބިގެން ރަށްރަށުން ކަންބޮޑުވެގެން އުޅޭއިރު ދީނީ އިލްމުވެރިންގެ ހުއްދަ ހިފެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދަޅުވީ މިއަދުވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ޝައިޚް ޢަލީ ޒައިދަކީ މާލޭގައި ދަރުސް ދެއްވުމުގެ އިތުރަށް ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް ވަޑައިގެން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ޢިލްމުވެރިއެކެވެ.

ގިނަ ބައަކު ޝައިޚް ޢަލީ ޒައިދު ފާހަގަކުރަނީ ޙައްޤު ބަސް ވިދާޅުވުންމަތީގައި ސާބިތުވެ ހުންނަވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ.



މިއަދު އޮންލައިން