އުނގޫފާރުގައި ތިން މަހުގެ ތުއްތު ކުއްޖަކު އެނދުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 28ސ
އުނގޫފާރުގައި ތިން މަހުގެ ތުއްތު ކުއްޖަކު އެނދުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެ
ރ. އުނގޫފާރުގައި އުމުރުން ތިން މަހުގެ ކުޑަ ކުއްޖަކު އެނދުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ އެރަށު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލް އެވެ.

އުނގޫފާރު ކައުންސިލް މެމްބަރަކު މައުލޫމާތު ދިން ގޮތުގައި އެތުއްތު ކުއްޖާ މަރުވީ އެނދާއި ގޮދަނޑިއާއި ދޭތެރޭގައި އޮންނަ ދޭތެރެއަށް ވެއްޓި ނޭވާ ހާސް ވެގެން ކަމަށް ލަފާ ކުރެވެއެވެ.

އެތުއްތު ކުއްޖާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން