އަދިވެސް ރޯގާ ފެތުރެމުންދާ މިންވަރު ދަށެއް ނޫން: އެޗްޕީއޭ

ކިޔުމަށް ހޭދަވާނީ 1މ 22ސ
އަދިވެސް ރޯގާ ފެތުރެމުންދާ މިންވަރު ދަށެއް ނޫން: އެޗްޕީއޭ
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް މަތި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފުތާގައި 9،050 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު އޭގެ ކުރި ހަފުތާގައި 9،710 މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންކަމުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއިން ރަްއކާތެރިވުމަށް އެޗްޕީއޭ އިން ކުރިން އިލްތިމާސް ކުރި ފިޔަވަޅުތައް އެޅުމަށް އެދޭކަމަށް އެބަޔާނުގައި ވެއެވެ.

ސަމާލުކަން ދެންވީ ކަންކަން:

• ކެއްސައި، ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އަނގަމަތީގައި އަޅައި، އަނގަމަތި ނިވާކުރުން.
• އާއްމު ސާފު ތާހިރުކަމަށް އިސްކަން ދިނުން.
• ރޯގާ ޖެހިފައިވާނަމަ މީހުންނާ ދުރުހެލިވެގެން އުޅުން.
• ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
• އިންފްލުއެންޒާ އިން ރަްއކާތެރިވުމަށް ވެކްސިން ޖެހުން.
• މަދިރިން ރައްކާތެރިވުން.
• ހުން އައިސް ރޯގާ ޖެހިއްޖެނަމަ ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން.

އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މިރޯގާއަށް ޓެސްޓު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވް ވަނީ އިންފްލުއެންޒާ އޭ އަށެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ހާލު ބޮޑުވެ އެނދުމަތިކުރާ މީހުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއަދު އޮންލައިން