އިންތިހާބުގެ ކުރީގެ މަރުހަލާތައްދާ ގޮތާއިމެދު އީޔޫ އިން ކަންބޮޑުވުން ފާޅު ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
އިންތިހާބުގެ ކުރީގެ މަރުހަލާތައްދާ ގޮތާއިމެދު އީޔޫ އިން ކަންބޮޑުވުން ފާޅު ކޮށްފި
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކުރީގެ މަރުހަލާތައްދާ ގޮތާއިމެދު ކަންބޮޑުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.

ރާއްޖޭގެ ހާލަތު ދަނީ އިތުރަށް ދަށްވަމުން ކަމުގައި ބުނަމުން އީޔޫ އިން މެއި މަހުގެ 31 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްރާންސާއި ޖަރުމަނާއި އިޓަލީ އާއި ނެދަލޭންޑްސް އާއި ރޮމޭނިއާ އާއި އިނގިރަެސިވިލާތާއި ކެނެޑާ އަދި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން ރާއްޖޭގެ އިންތިހާބުގެ ކުރިން ހިނގަމުންދާ ކަންކަމާއިމެދު ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަމަހަމަ ކަމާއެކު ހުތިހާ ފަރާތްތަކަށް ދޭން ޖެހޭނެ ކަމަށް ކަމާއި ބެހޭ މުއައްސަސާތަކަށް އީޔޫ ގޮވާލާފައިވެއެވެ.

ދެފުށް ފެންނަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ވެސް އީޔޫ ގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
މިއަދު އޮންލައިން