މިއުޒިކަކީ ހަރާމް އެއްޗެއް ކަމުގައި ވަނީ އޭގެ ސަބަބުން ޝަޚުވާނީ ޚިޔާލުތައް ބޮލަށް އިންސާނުންގެ ބޮލަށް ވަންނާތީ- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 1މ 40ސ
މިއުޒިކަކީ ހަރާމް އެއްޗެއް ކަމުގައި ވަނީ އޭގެ ސަބަބުން ޝަޚުވާނީ ޚިޔާލުތައް ބޮލަށް އިންސާނުންގެ ބޮލަށް ވަންނާތީ- މުފްތީ މެންކު


މުފްތީ އިސްމާއިލް މެންކްގެ ދަރުހެއްގައި، ޕާކިސްތާނުގެ ކިޔަވާ ދަރިވަރެއް ކަމުގައިވާ އަބްދުލް ފައްތާޙް ސުވާލުކުރިއެވެ.

މިއުޒިކަކީ ހަރާމް އެއްޗަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އަދި އެއީ ހަރާމް އެއްޗެއް ކަމުގައިވާނަމަ، މިއިޒިކް އަޑުއަހާ މީހަކަށް އޮތް އަޒާބަކީ ކޮބާ ހެއްޔެވެ؟

ޖ. "މިއުޒިކާއި މެދު ވާހަކަ ދައްކާނަމަ، މިފަހަކަށް އައިސް ބައެއް ޝެއިޚުން ވެސްމިއުޒިކަކީ އަޑުއެހުން އެވަރުކަމަކަށް ނުވާ އެއްޗެއް ކަމަށް ވިދާޅުވާކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ. ނަމަވެސް އެބައިމީހުން އެވިދާޅުވާ އެއްޗަކަށް ރިއާޔަތްކޮށް ބުނެލަން އޮތީ، އެޝެއިޚުން ވެސް ވާހަކަފުޅު އެދައްކަވަނީ މިޒަމާނުގައި ކުޅޭ ރާގުތަކުގެ ވާހަކަ ނޫންކަން ވެސް ފާހަގަ ކޮށްލަމެވެ.

މިޒަމާނުގައި މިގެންގުޅޭ ރާގުތަކަކީ މިއުޑުދަށުގައި އެއްވެސް ޝެއިޚަކު އެއީ ހުއްދަ އެއްޗެއް ކަމުގައި ދުވަހަކުވެސް ބުނާނެ އެއްޗެއް ނޫނެވެ. މިޒަމާނުގައި އަޑުއަހާ ބިއޯންސޭ، މެޑޯނާ ފަދަ މީހުންގެ ލަވަތައް ހުއްދައޭ ބުނާނެ ޝެއިޚެއް ނުހުންނާނެއެވެ. އެއީ އެއްކަމަކީ އެމީހުންގެ ލަވަތަކާއި ރާގުތަކުގައި ހުސް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ހުރުމެވެ.

މިފަދަ ރާގުތައް އަހަރެމެންގެ ސިކުނޑިއަށް ވައްދަނީ އެއާއި އެއްގޮތަށް އަހަރެމެންގެ ހަށިގަނޑުގެ ވަނާތައް ތެޅުވުމެވެ. މިއީ އެއްވެސް ވަރަކަށް އިސްލާމް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫނެވެ.

އެފަދައިން ހަށިގަނޑުގެ ވަނާތައް ތެޅުވުމުން އެހެން މީހުންގެ ނަޒަރުގައި ތިމާއާއިމެދު ޝަޚުވާނީ ޚިޔާލުތައް އުފެދެން ފަށައެވެ. އަދި ތިމާ އޭގެ ސަބަބުން ދަށު ދަރަޖައަކަށް ވެއްޓެއެވެ.

މިއުޒިކްގައި މިފަދަ ކަންކަން ހިމެނުމުގެ ސަބަބުން އެއަޑުއެހުން ހަރާމް ވެގެންވެއެވެ. އެހެނީ މިއުޒިކުން ދަސްކޮށްދެނީ ޝަޚުވާނީ އެދުންތަކަށް ތިމާ ހެއްލުމާއި، ކައިވެނިން ބޭރުން ތިމާއަށް އެކި ކަހަލަ އިހުސާސްތައް ކުރެވުމެވެ. އަދި މިއުޒިކް ތިމާގެ ސިކުނޑިއާއި ކުޅެލައެވެ.

މިއުޒިކް އަޑުއަހައިގެން ލިބެނީ ކޮން އަޒާބެއްތޯ ސުވާލު ކުރާނަމަ، އޭގެ ޖަވާބުގައި ބުނެވޭނީ އެއީ އެކަލާނގެއާއި އެކަލާނގެ އަޅުތަކުންނާއި ދެމެދުގައިވާ ކަމެއް ކަމުގައެވެ. މާތް ﷲ އެކަލާނގެ އަޅަކަށް ދެއްވާނެ ޖަޒާއެއް އެކަލާނގެއަށް މެނުވީ އެނގިވަޑައެއް ނުގަންނަވައެވެ."




މިއަދު އޮންލައިން