ރާއްޖޭގެ ކޯޓުތަކުން ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަމުން އަންނަނީ ޤާނޫނާއި ޚިލާފަށް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވަކީލު މައުމޫނު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައިވަނީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރަނީ ޤާނޫނީ އިމުގެ ތެރެއިން ނޫން ކަމުގައެވެ.
ސިއްރު ހެކިބަސް ނެގެނީ ހެއްކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނަމަވެސް މިހާރު އަމަލުކުރަމުން އަންނަނީ ހެއްކާ ބެހޭ ޤާނޫނުގައި ސިއްރު ހެކިބަސް ނެގުމާ ބެހޭގޮތުން ބަޔާންކޮށްފައިވާ ހާލަތްތަކާއި އެއްގޮތަށް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.