ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެކިތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމެއްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
މައުމޫނު ހަމީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 22:00 ގައެވެ.
މިކަމާއި ގުޅޭގޮތުން ޓްވިޓަރ މެދުވެރިކޮށް މައުމޫން ހަމީދު ވިދާޅުވެފައިވަނީ ވަގުތު ބޭކާރު ކުރަން ނޫޅުމަށާއި އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިން ހުންނާނެ ކަމަށެވެ. މައްސަލައެއް އޮތް ނަމަ ޕީޖީ އޮފީހަށް ފޮނުވުމަށް ވެސް ވަކީލު މައުމޫން އެދިވަޑައިގެންފައިވެއެވެ.