ޖަލަށް ލާފައި ތިބި ސިޔާސީ ބައެއް ބޭފުޅުންގެ އަނބިންނާއި އަތުލް ކޭޝަޕް ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 58ސ
ޖަލަށް ލާފައި ތިބި ސިޔާސީ ބައެއް ބޭފުޅުންގެ އަނބިންނާއި އަތުލް ކޭޝަޕް ބައްދަލު ކުރައްވައިފި
އެކިއެކި މައްސަލަތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބައެއް ބޭފުޅުންގެ އަނބިންނާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަަޅާފައި ހުންނަ ސަފީރު އަތުލް ކޭޝަޕް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޖުމްހޫރީ އޮފީހުގައު މިއަދު ބޭއްވި އެބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އަތުލް ކޭަޝަޕް ވިދާޅުވީ ޖަލަށްލާފައިވާ ސިޔާސީ ބޭފުޅުންގެ އަނބިންގެ ހިތްވަރުގަދަކަމުން އޭނާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފި ކަމަށާއި އެހިތްވަރަށް ސާބަސްދޭ ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މިބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ އަނބިކަބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި ދަރިކަލުން ފާރިސް މައުމޫންގެ އަނބިކަނބަލުން ގެ އިތުރުން އަދާލަތު ޕާޓީ ގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ އަނބިކަބަލުންގެ އިތުރުން އެހެން ބައެއް ސިޔާސީ ބޭފުޅުންގެ އަނބިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ކޭޝަޕް ވިދާޅުވީ ޚާއްސަކޮށް ރަމަޟާން މަހެއްގައި އެއަނބިން ފިރިންނާއި ދުރުގައި އުޅުއްވަން ޖެހިވަޑައިގަތުމަކީ އެއާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.


މިއަދު އޮންލައިން