އިންޑިއާއަށް އަޅުގަނޑު ވަންނަން ފުރުސަތެއް ވެސް ނުދިން- ނިހާން

ކިޔުމަށް ހޭދަވާނީ 51ސ
އިންޑިއާއަށް އަޅުގަނޑު ވަންނަން ފުރުސަތެއް ވެސް ނުދިން- ނިހާން
ރައްއިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ޙުސެއިން މަނިކަށް އަވައްޓެރި އިންޑިއާ އިން އޭނާއަށް ބުލީ ކުރި ކަމަށާއި އެޤައުމަށް ވަންނަން ފުރުސަތު ވެސް ނުދިން ކަމަށް ނިހާން ވިދާޅުވެއްޖެއެވެ.

އެހާދިސާއާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިރޭ ހޮޓެލް ޖެން ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، އިންޑިއާ އިން އޭނާ ހުއްޓުވި ސަބަބަކީ ޕީޕީއެމް ގެ މެމްބަރަކަށް ވީމަތޯ ނުވަތަ މިހާރު ރާއްޖޭގައި އޮތް ސަރުކާރަށް ތާއީދުކުރާ މީހެއްވީމަތޯ، އެޤައުމުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އަތުން އެއްވެސް ލިޔުމެއްގައި ސޮއެއް ނުކުރުވާ. ޕާސްޕޯޓުގައި ތައްގަނޑެއް ނުޖަހާ. އިންޑިއާ އަށް އެރުން މަނައެކޭ ވެސް ނުބުނޭ. އެކަމަކު ތިން ކަރުދާހެއް އެބޭފުޅުން ގެންގުޅުއްވި. އެތިން ކަރުދާހުގެ ތެރެއިން އެއް ކަރުދާހެއް އަޅުގަނޑު ދަތުރުކުރި އެއާލައިންގެ އެޖެންޓާ ހަމައިގައި އޮތްކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެއެއް ނުދެކެން." ވިލިމާލޭ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މިއަދު އޮންލައިން