ތިނަދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ތިނަދޫއަށް ދަތުރުކުރަމުން ދިޔަ  ބޯޓެއް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފި
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި "ނިޔާމަ" ބޯޓް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފިއެވެ.

އެމްއެންޑީއެފް ބުނީ މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީން ލޯންޗްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް ޑައިވަރުންނާއެކު ވަގުތުން ވަނީ ހަރަކާތްތެރިވެފައެވެ. މި ބޯޓް ފަރަށް އެރިއިރު ބޯޓުން 3 ދިވެހިންނާ 8 ބިދޭސީންނާއެކު ޖުމްލަ 11 މީހުން ދަތުރު ކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.

މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މިއަދު އޮންލައިން