މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ބަދަލުވެއްޖެ

ކިޔުމަށް ހޭދަވާނީ 36ސ
މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ބަދަލުވެއްޖެ

މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ބަދަލުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފިއެވެ.

އެގޮތުން މިހާރު މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 4861.15 ރުފިޔާ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހިނގަ ޖޫން މަހުގެ 3 ދުވަހާއި ހަމައަސް މުދަލު ޒަކާތުގެ ނިޞާބަކީ 5033.70 ރުފިޔާއެވެ.

ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން މިދިޔަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ 16،269 މީހުންނެވެ. އެފަރާތްތަކަށް މުދަލު ޒަކާތުން 14.6 މިލިއަން ރުފިޔާ ބަހާފައިވެއެވެ.

މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން ދީނީ ގޮތުން ވާޖިބުވެއެވެ. އިންސައްތައިން ބަލާނަމަ އެއީ 2.5 އިންސައްތައެވެ.


މިއަދު އޮންލައިން