ޕްލާސްޓިކްފުޅި ރިސައިކަލް ކުރާ ފުރަތަމަ މެޝިން ބަހައްޓައިފި
ދުނިޔޭގެ ތިމާވެށިގެ ދުވަހާއި ގުޅިގެން، ޕްލާސްޓިކް ފުޅި ރިސައިކަލް ކުރާ މެޝިނެއް މާލޭގައި ބަހައްޓައިފިއެވެ، މިއީ މިފަދަ މެޝިނެއް ރާއްޖޭގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.
ރިސައިކަލް ކުރާ މިމެޝިނަށް ދުވާލަކު 538 ޕްލާސްޓިކް ފުޅި އެޅެއެވެ. މިމެޝިނަށް 300 އެމްއެލް އިން ފެށިގެން 1.5 ލީޓަރާއި ހަމައަށް ކޮންމެ ވައްތަރެއްގެ ފުޅިއެއްވެސް އެޅޭނެއެވެ.
"ސްމާޓް ބިން" ގެ ނަމުގައި ހުޅުވި މިރިވާރސް ވެންޑިން މެނިޝަކީ އެމްޑަބްލިއުއެސްސީ އާއި އައިލެންދް ބެވަރޭޖަރސް މޯލްޑިވްސް (އައިބީއެމް) ގުޅިގެން ބެހެއްޓި މެޝިނެކެވެ.
މިމެޝިން ބެހެއްޓުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ ޠޯރިޤް އިބްރާހިމް އާއި އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު އެވެ.
"ސްމާޓް ބިން" ބަހައްޓާފައިވަނީ އައިޖީއެމްއެޗް އިމާރާތުގެ، ބޮޑުތަކުރުފާނުމަގާއި ތާޖުއްދީން ހިނގުން ގުޅޭ ކަންމަތީގައެވެ.