މިއަދުގެ ރެސިޕީ: ޗޮކްލެޓް ޕުޑިން ކޭކު

ކިޔުމަށް ހޭދަވާނީ 1މ 18ސ
މިއަދުގެ ރެސިޕީ: ޗޮކްލެޓް ޕުޑިން ކޭކު

ބޭނުންވާނެ ތަކެތި:
• 3 ޖޯޑު ފުށް
• 3 މޭޒުމަތީ ސަމުސާ ތެޔޮ
• 2 ޖޯޑު ހަކުރު
• 2 ޖޯޑު ބްރައުން ޝުގާ
• ½ 1 ޖޯޑު ކޮކޯއާ ޕައުޑަރ
• ¼ ޖޯޑު ޗޮކްލެޓް ޗިޕްސް
• ½ 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
• 1 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
• ½ މޭޒުމަތީ ސަމުސާ ލޮނު
• ¼ 1 ޖޯޑު ހޫނު ފެން
• ½ ޖޯޑު ކިރު (ފުލްކްރީމް މިލްކް)

ތައްޔާރު ކުރާނެ ގޮތް:
• އެންމެ ފުރަތަމަ އަވަން 350 ޑިގްރީސް އަށް (ސެލްސިއަސް އިންނަމަ 175 ޑިގްރީސްއަށް) ހޫނު ކުރަން ޖައްސާށެވެ.

• އަވަން ހޫނުވަމުންދާ ވަގުތު، ތައްޓެއްގައި ފުށް، ހަކުރު، ކޮކޯއާ، ބޭކިންގް ޕައުޑަރ އަދި ލޮނު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

• އެއަށްފަހު ކިރާއި ތެޔޮފޮދެއް ވެސް އެޅުމަށްފަހު އެއްކޮށްލާށެވެ.

• ދެން ބްރައުން ޝުގާރ ކޮޅަކާއި އިތުރަށް ކޮކޯއާ ކޮޅެއް އެޅުމަށްފަހު ޗޮކްލެޓް ޗިޕްސް ކޮޅުވެސް ތައްޔާރުކުރި ފުށްގަނޑު ތެރެއަށް އަޅާލާށެވެ.

• އަދި އެއަށްފަހު ހޫނުފެނުގެ ތެރެއަށް ވެނީލާ އެކްސްޓްރެކްޓް އެޅުމަށްފަހު، އެފެންފޮދު ފުށްގަނޑުތެރެއަށް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.

• އެއަށްފަހު ޓްރޭއަކަށް ފުށްގަނޑު އެޅުމަށްފަހު 30-35 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ. ޗޮކްލެޓް ޕުޑިން ކޭކް ތައްޔާރު ކުރެވުނީއެވެ. ބޭނުންނަމަ ކޭކްގެ މައްޗަށް ދިޔާ ޗޮކްލެޓް ނުވަތަ އައިސްކްރީމް އަޅައިގެން ވެސް ކެވިދާނެއެވެ.
މިއަދު އޮންލައިން