އައިޖީއެމްއެޗް ގެ މުވައްޒަފުންތަކެއް އިތުރުގަޑީގެ މަސައްކަތް ކުރިކަން ކަށަވަރު ކުރުމެއްނެތި، އެމުވައްޒަފުންނަށް 96 މިލިއަން ރުފިޔާ ދީފައިވާކަމުގެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ފެންމަތި ކުރައްވައިފިއެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އިތުރުހަޑީގެ މަސައްކަތް ކުރިކަން ކަށަވަރު ކުރުމެއްނެތި އައިޖީއެމްއެޗް ގެ މުވައްޒަފުންނަށް 96 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗް ގެ އިތުރު ގަޑީގެ ރިކޯޑު ބެލެހެއްޓުމުގެ ނިޒާމުގައި ޢެކަށީގެންވާ ކޮންޓްރޯލްތަކެއް ނެތްކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ބައެއް ދުވަސް ދުވަހު 10 ގަޑިއިރާއި 24 ގަޑިއިރުވެސް މެދުކެނޑުމެއްނެތި މަސައްލަތް ކޮށްފައިވާ ކަމަށެވެ.