އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގުން 10ލ. ބޮޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 35ސ
އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގުން 10ލ. ބޮޑު ކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލްގެ އަގުން ލީޓަރަކުން 10 ލަރި ބޮޑުކުރަން ނިންމައިފިއެވެ.


އެސްޓީއޯ އިން މިކަން ހާމަކޮށް ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޑީސަލް ލީޓަރަކުން 10 ލާރި ބޮޑުކުރަން ނިންމުމާއި ގުޅިގެން މިހާރު ޑީސަލް ލީޓަރެއްގެ އަގަކީ 11.23 ކަމަށެވެ.

ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ފަރާތް ކަމުގައިވާ އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެވިފައިވަނީ މިދިޔަ މެއި މަހުގެ 24 ގައެވެ. އެގޮތުން އެސްޓީއޯ އިން އެއިރު އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް ލިބެނީ 10.77 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 11.13 ރުފިޔާއަށެވެ.


މިއަދު އޮންލައިން