މިހިނގާ ރަމަޟާން މަހުގެ ދުވާލު ވަގުތުގައި ކައިގެން ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެހަތް މީހުންނަކީ މިރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންނެވެ.
މިދިޔަ ރަމަޟާން މަހުގެ ދުވާލު ވަގުތު ކައިގެން ހައްޔަރުކުރި މީހުންގެ އަދަދާއި ބަލާފައި މިއީ މަދު އަދަދެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި އެފަދަ 15 މައްސަލައެއްގައި 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޝަރުޢީ އުޒުރަކާއި ނުލާ ރަމަޟާން މަހު ދުވާލު ވަގުތުގައި ކެއުމަކީ ޖިނާއީ ކުށެކެވެ.