ގދ، އަތޮޅުން ފެށިގެން އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެތް އޮފީހުން ބުނި ގޮތުގައި އެސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވެއެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު އެންމެ ދެކުނަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއަށް ވައިޖެހެނީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.