ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ކިޔުމަށް ހޭދަވާނީ 50ސ
ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ އެމްޕީ ރިޔާޒް ގެ މައްޗަށް އެދައުވާ އުފުލާފައިވަނީ، މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަަގުން އެމަނިކުފާނު ހައްޔަރުކޮށް ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރިއިރު، ދައުލަތުގެ މުވައްޒަފަކާ އަބްދުﷲ ރިޔާޒް އާއި ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ބުނެއެވެ.

އަބްދުﷲ ރިޔާޒް ގެ މައްޗަށް އެދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނަށް އިއްވާނެއެވެ.

މިއަދު އޮންލައިން