މަންތާ އެއާގެ ދަތުރުތައް މިއަހަރުގެ އޮކްޓޯބަރު މަހު ފަށަން ހަމަޖެހިއްޖެކަން ހާމަކޮށްފިއެވެ. ދަތުރުތައް ފަށަނީ ކުޑަހުވަދޫ އެއާޕޯޓް ތަރައްޤީކުރި ރިއެއްލޯ އިންވެސްޓްމަންޓާއި ގުޅިގެންނެވެ.
އެކުންފުނިން ހިންގާ ރިޒޯޓުތަކުގެތެރޭގައި ދާދިފަހުން ހުޅުވާފައިވާ ކަނޑިންމަ ރިޒޯޓް ހިމެނެއެވެ.
މަންތާ އެއާގެ ދަތުރުތަކުގައި ސީ ޕްލޭނާއި އޭޓީއާރު ފްލައިޓް ބޭނުންކުރާނެއެވެ. ދަތރުކުރަންހަމަޖެހިފައިވާ މަންޒިލްތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ، ރ. އިފުރު، އަދި ބ ދަރަވަންދޫ ހިމެނެއެވެ.
ދަތުރުތައް ފެށުމަށް 4 ސީޕްލޭނާއި އޭޓީއާރު 72 މަރުކާގެ 3 ބޯޓު ބޭނުންކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.