އަވައްޓެރި ޝްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލު އިއްޔެ ހަމައްޖައްސައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވައި ނިމާލު ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާނީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފުގެ ދަށުން ކަމަށެވެ.
މިސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ އަދާކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމެވެ. އެމަގާމުން ވަކިކޮށް 2016 ވަނަ އަހަރުގެ އޮކްޓޯބަރ 24 ގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް އޭނާ އައްޔަނު ކުރެއްވިއެވެ.