25% ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންގެ އަޑުނާހާ ވެރިއަކަށް ރައްޔިތުންދޭ ރައްދު ވަކި ސަހަލުވާނެބާ!: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
25% ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންގެ އަޑުނާހާ ވެރިއަކަށް ރައްޔިތުންދޭ ރައްދު ވަކި ސަހަލުވާނެބާ!: އަމީން
އދ ގެ ސެކިޔުރިޓީ ކައުންސިލުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން އދ ގައި މިރޭ ނެގި ވޯޓުގައި އިންތިހާއަށް ބޮޑުތަނުން ރާއްޖެ ބަލިވުމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

"ރާއްޖޭގެ ނަން މިހާވަރަށް ޚަރާބުކުރަން ހެޔޮ ނުވާނެ. ޔޫއެންގެ ނިންމުންތަކާ މިހާވަރަށް ދެކޮޅުހަދާ އެއީ ފީކުދާނެއް ކަމަށް ބަލާ ސަރުކާރަކަށް އދ ގެ މެންބަރުން ރައްދު ދޭނީ މިހެންކަން އެނގޭ. 25 އިންސައްތަ ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންގެ އަޑުނާހާ ވެރިއަކަށް ރައްޔިތުންދޭ ރައްދު ވަކި ސަހަލުވާނެބާ!" މިއީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް މިރޭ ކުރައްވާފައިވާ ޓްވީޓެކެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބައިނަލްއަޤްވާމީ ކަމެއްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ.



މިއަދު އޮންލައިން