ސިއްރު ހެކި ބޭނުންކޮށްގެން ޝަރީއަތް ކުރަނީ އަނިޔާވެރިވުމަށް: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސިއްރު ހެކި ބޭނުންކޮށްގެން ޝަރީއަތް ކުރަނީ އަނިޔާވެރިވުމަށް: ޤާސިމް
ސިއްރު ހެކި އެއީ ބާޠިލް އެއްޗެއް ކަމަށާއި އަދި އެއީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް ދެކަވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިމޭރުމުން ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ޝަރީޢަތްތައް ކުރަނީ އިސްލާމް ދީނާއި އަދި ޤާނޫނު އަސާސީ އާއި އަދި ޤާނޫނުތަކާއިވެސް ޚިލާފަށްކަން ފާހަގަކުރައްވައި އެމަނިކުފާނު ކުރައްވަވާފައިވާ 2 ޓްވީޓެއްގައެވެ.

"ސިއްރު ހެކި ދިނުމަކީ އިސްލާމް ދީނުގައިވެސް އޮތް ކަމެއް ނޫން. އަދި ޤާނޫނު އަސާސީގައި އޮތް ކަމެއް ނޫން. އެހެންކަމުން މި ދެ ކަންތަކާ (އިސްލާމް ދީނާ ޤާނޫނު އަސާސީ އާ) ޚިލާފަށް ޤާނޫނެއްވެސް އަދި ޤަވާއިދެއްވެސް ނުހެދޭނެ ކަމަށް ޤާނޫނު އަސާސީ ބުނަނީ. ވީމާ ސިއްރު ހެކި އެއީ ބާޠިލް އަދި އެއީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ."




"މިހާރުވެސް ޤާނޫނު އަސާސީގައި ވަނީ ޝަރީއަތް ހިންގަންވާނީ ފާޅުކަން ބޮޑުކޮށް ހާމަކަމާއިއެކު ކަމަށް. ޝަރީއަތްކޮށް ޙުކުމް ކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފްނުވެ ހަދާފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް. މިހެން މިކަން ވަނިކޮށް މިގޮތަށްތޯ މިހާރު ކަންކުރަނީ؟ ނޫން އެއާ ޚިލާފަށް." ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.





މިއަދު އޮންލައިން