މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު (ހިސްޓޯ) ވެސް އަވައްޓެރި ޝްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް އައްޔަނު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާގު ވެސް ބަދަލުކޮށްފައިވަނީ ކަންކާ އެމްބަސީގެ މިނިސްޓަރ ކައުންސެލަރުގެ މަގާމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޝިފާގުވަނީ އެޗްއާރްސީއެމް ގެ މެންބަރުކަަމަށް ވެސް ކުރިން އައްޔަނު ކުރައްވާފައިވެއެވެ. ނަމަވެސް އެމަގާމުން ފަހުން އިސްތިއުފާ ދެއްވުމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާއަށް ދެއްވާފައިވެއެވެ.
ޝިފާގުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލު ވެސް ވަނީ، ދާދި ފަހުން ލަންކާ އެމްބަސީގެ އިސްމަގާމަކަށް އައްޔަނު ކުރައްވާފައެވެ.