އަދީބަށް ވަކީލު ބައްދަލުވުން ހަމަޖައްސާ ދީފި

ކިޔުމަށް ހޭދަވާނީ 40ސ
އަދީބަށް ވަކީލު ބައްދަލުވުން ހަމަޖައްސާ ދީފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލަކާއި ބައްދަލުވުމުގެ ފުރުސަތު، މަހަކަށްވުރެ ގިނަ ދުވަހު ނުދީ އޮތުމަށްފަހު އިއްޔެ އެފުރުސަތު އަލުން ދީފިއެވެ.

އަދީބުއަށް ވަކީލު ބައްދަލުވުން ހަމަޖައްސާ ނުދީ އެކި ސަބަބުތަކާހެދި ބޭއްވުމަށްފަހު، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވަނީ 10 ދުވަހުގެ ތެރޭގައި އަދީބުއަށް ވަކީލު ބައްދަލުވުން ދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކޮށްފައެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު އަދީބުގެ ވަކީލު ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ހާލަތު މިހާރު ވެސް ގޯސް ކަމަށާއި އަދީބު ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށެވެ. އަދި އޭގެ ސަބަބެއް ނާންގާ ކަމަށާއި އާއިލީ ބައްދަލުވުން މަހަކު އެއް ފަހަރަށް މަދުކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މިއަދު އޮންލައިން