މާވެޔޮ މިސްކިތް ނިންމަން ކިޔެވެލި ކިޔަވަންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މާވެޔޮ މިސްކިތް ނިންމަން ކިޔެވެލި ކިޔަވަންޖެހިފަ!
މާފަންނު މާވެޔޮ މިސްކިތް ތަޅާލައި އެތަނުގައި މިސްކިތެއް އަޅަން މަސައްކަތްކުރާތާ އަހަރުތަކެއްވީއެވެ. ގިނަ ބައަކު އުންމީދުކޮށްގެން ތިބީ މިއަހަރުގެ ރަމަޟާން މަހަށް މިސްކިތް ނިމޭނެ ކަމަށެވެ.

600 އަކަ ފޫޓުވަރުގެ ކުޑަ ބިންކޮޅެއްގައި އިމާރާތްކުރާ މި މިސްކިތް ނުނިމި ވަނިކޮށް ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ 25 ބުރީގެ އިމާރާތް ވެސް ނިންމައިފިއެވެ. މިހާރު ކުރަނީ އެތެރޭގެ މަސައްކަތްތަކެވެ.

މާވެޔޮ މިސްކިތަކީ ކުޑަ މިސްކިތެއް ނަމަވެސް ހުންނަ ސަރަހައްދުގެ މުހިންމު ކަމުން އެމިސްކިތަކީ އަބަދުވެސް ގިނަ ބައަކު ނަމާދަށް އަރާ މިސްކިތެއްކަން ފާހަގަކުރެވެއެވެ. އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނެފައިވަނީ މިސްކިތުގެ މަސައްކަތަށް ކުށުވެރިކަމެއް ކުރިމަތިވެފައިވާކަމަށް ޤަބޫލުކުރާ ކަމަށާއި ކިޔެވެލި ކިޔަވައިގެން ނަމަވެސް ކުށުވެރިކަމުން ސަލާމަތްކުރަން ޖެހިފައިވާ ކަމަށެވެ.

"ފަހަރެއްގައި ވެދާނެ ސިހުރެއް ޖެހިފަ ކަމަށްވެސް. ރުޤްޔާ ކުރައްވާ ބޭފުޅުން ރުޤްޔާ ކުރައްވައިގެން ނަމަވެސް މި މިސްކިތުގެ މަސައްކަތް ނިމި ހުޅުވައިފިނަމަ މިސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނަމާދުކުރަން ވަރަށް ފަސޭހވާނެ" ކަމަށްވެސް ބުނެއެވެ.
މިއަދު އޮންލައިން