ސަސްޕެންޝަން އުވާލާ އަލީ ޙުސެއިން އަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފި

ކިޔުމަށް ހޭދަވާނީ 45ސ
ސަސްޕެންޝަން އުވާލާ އަލީ ޙުސެއިން އަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފި
އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކުރި ޤާނޫނީ ވަކީލު އަލީ ޙުސެއިންގެ ސަސްޕެންޝަން މިއަދު އުވާލާ، ވަކާލާތު ކުރުމުގެ ހުއްދަ އޭނާއަށް އަލުން ދީފިއެވެ.

އަލީ ޙުސެއިން ގެ ސަސްޕެންޝަން އުވާލާ، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފައިވާކަން އަންގާ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން އެކަންވަނީ އިއުލާނު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ވަކީލު އަލީ ޙުސެއިންގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، އޭނާ ސަސްޕެންޑު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ޑީޖޭއޭ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އަލީ ހުސެއިންގެ މައްސަލަ މިހާރު ވަނީ ބަލާ ނިމިފައި ކަމަށާއި އެހެންކަމުން އެސަސްޕެންޝަން އުވާލެވިފައިވާ ކަމަށެވެ.

މިއަދު އޮންލައިން