ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށް ހުކުމް ކުރި ސިފައިންގެ މާލެ އޭރިއާގެ އޭރުގެ ކޮމާންދަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އިއްޔެ މިނިވަން ވެއްޖެއެވެ.
2015 ވަނަ އަހަރު ހިނގި މިހާދިސާގައި ހައްޔަރުކުރި ޕާޕާގެ މައްޗަށް ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ހުކުމެއް އިއްވީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަކާއި ގުޅިގެންނެވެ.
ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާއެވެ.