ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން މާފަންނު ސްޓޭޑިއަމް ގައި
ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ކުރުން މިއަހަރުވެސް މާފަންނު ސްޓޭޑިއަމްގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިްޓްރީން މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ ސެންޓްރަލް ޕާކު އަދި ވިލިމާލޭ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ބޭއްވުމުގެ ހަރަކާތުގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސަސް، އައިޖީއެމްއެޗް، އޭޑީކޭ، ސްކައުޓް އެސޯސިއޭޝަން، ގަރލްގައިޑް އެސޯސިއޭޝަން، ކެޑޭޓް ކޯޕޮރޭޝަން، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އެމްޕީއެލް، މިފްކޯ، ވެމްކޯ، ހެޕީ މާކެޓް، އެޕޯލޯ ހޯލްޑިންގްސް، އައިލެންޑް ބެވެރެޖާރސް، އަދި މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ ވެސް ބައިވެރިވާނެ ކަމަށެވެ.
ބޮޑު ޖަމާއަތުގެ އިތުރުން، މާލެއާއި މާލެ ކައިރި ރަށްތަކުގެ މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކުރާނެއެވެ.