ތެޔޮ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީމީހާ ބޭރަށް ފޮނުވާލަނީ
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވާ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޝްރީ ލަންކާ މީހާއަށް އިތުރު ފަރުވާ ދިނުމަށް ބޭރަށް ފޮނުވާލަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާ ލަންކާގެ އެބިދޭސީ މީހާއަށް ފަރުވާދެމުންގެންދަނީ އައިސީޔޫ ގައި ކަމަށާއި އޭނާގެ ހާލު "ސްޓޭބަލް" ކަމަށެވެ.
އުނގޫފާރު ތެޔޮ ބޯޓެއްގައި ހިނގި މިހާދިސާގައި ލަންކާ މީހަކު ފިހިފައިވާއިރު، އެބޯޓުން ބުރައިގެން ދިޔަ އެއްޗެއް ޖެހި، ޖެޓީގައި އެވަގުތު ހުރި ދިވެއްސަކަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް އޭނާއަށް މާބޮޑު ޒަހަމްތަކެއް ނުވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.