މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އަކީ އަބަދުވެސް ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ޒުވާނުން ކުރިއެރުވުމަށް ޚާއްޞަކޮށް ފުޓްބޯޅަ ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. މިގޮތުން މިދިއަ ވޯލްޑްކަޕަށްވެސް ޕްރޮޖެކްޓަރު ހަވާލުކުރެވުނު ކަމަށާއި އަދި މިއަހަރުވެސް އެދުނު ހުރިހާ ފަރާތަކަށް ހަމަޖައްސަވައި ދެއްވާފައިވާނެ ކަމަށެވެ.
"އެސްޓީއޯގެ އިތުރުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުން ވެސް މިގެންދަނީ ފުޓްބޯޅައަށް ބޮޑެތި ހޭދަތަކެއް ކުރަމުން. ބޮޑެތި ހުރިހާ ކްލަބްތަކެއްހެން ސްޕޮންސަރކޮށްފައިވާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުން. ރާއްޖޭގައި ބޭއްވޭ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަކީވެސް ހަމަ އެސްޓީއޯ އިން ސްޕޮންސަރކޮށްގެން ބާއްވަމުން ގެންދާ މުބާރާތްތަކެއް. ވީމާ އެސްޓީއޯ އާއި ކުޅިވަރާއި ޒުވާނުންނާއި ވަރަށް ބޮޑު ގުޅުމެއް އެބައޮވޭ." ޝަހީރު ވިދާޅުވިއެވެ.
ޝަހީރުގެ ވާހަކަފުޅު (އޯޑިއޯ):